ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2015/130
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 11 ޖަނަވަރީ 2016 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑެވެލޮޕަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތްކުރާނެ ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސޮފްޓްވެއަރ ޑެވެލޮޕަރ

ބޭނުންވާ އަދަދު:

3 (ތިނެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރުފަހު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/10،000 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

ޕާރފޯމަންސް އެލަވަންސް: މަހަކު -/2،500 ރުފިޔާ

ފެންވަރު/ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި 5 ސޮފްޓްވެއަރ ތައްޔާރުކޮށްފައިވުމާއި، ސޮފްޓްވެއަރ އިންޖިނިއަރިންގ މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  3. PHPނުވަތަ .NET ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  4. Javascript، HTML5، CSS3 ފަދަ ވެބް ޓެކްނޯލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  5. MsSQL ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  6. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާނުލައި  ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތު ހުރުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި، "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ  www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުމާއި، އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެމަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. ކޮމްޕްލެކްސް ސޮފްޓްވެއަރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.
  3. އެހެން މީހުންނާއެކު މަސައްކަތްކޮށް އާ އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
  4. ހަވާލުކުރެވޭ ޕްރޮޖެކްޓް ޓެސްޓްކުރާނެގޮތް ޑިޒައިންކޮށް އެކަން މެނޭޖްކުރުން.
  5. ސްޓޭންޑަޑްތަކާއި އެއްގޮތް ސްފްޓްވެއާރއާ ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން،2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected]) ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ، [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015