މުބާރާތް
ނަންބަރު: (IUL)325/325/2026/34
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 18 މޭ 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ބ.ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ގެ ސްޕޮންސަރޝިޕް ހުޅުވައިލުން:

ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން 28 ޖޫން އިން 05 ޖުލައި 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026" ކައިޓް ސަރފިންގް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ތިރީގައިވާ ކެޓަގަރީތަކަށް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މެއި ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސްޕޮންސަރ ދިނުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު [email protected] މެއިލް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިއެކު ސްޕޮންސަރ ކުރުމަށް އެދި ހުށަހަޅާ ފޯމް އެއްކަރުދާސްކުރެވިފައިވާނެއެވެ.  

ކެޓަގަރީތައް:

2

މުބާރާތުގެ ކޯސްޕޮންސަރ

މަދުވެގެން 15،000.00

3

އޮފިޝަލް ޑްރިންކްސްގެ ސްޕޮންސަރ

މަދުވެގެން 5,000.00

4

މުބާރާތުގެ އެހެނިހެން ސްޕޮންސަރ

މަދުވެގެން 3،000.00

 

 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :       6600005

          އީމެއިލް އެޑްރެސް :  [email protected]

 

މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޒުލްޤައިދާ 1447

22 އޭޕްރިލް 2026