ދިވެހިރާއްޖެ
މިރަށު ބަނދަރު ސަރަހައްދުގައި އަލަށް ހަދަމުން އަންނަ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަމުންގެންދާތީ މިސްކިތާއި އިންވެގެން ހުރި ރުއްގަހުގެ ވެރިން ހޯދުމަށް އެސަރަހައްދުގައި ހުރި ރުއްގަހުގައި 1 އިން 3 އަށް ހުދު ކުލައިގެ ދަވާދުން މިކައުންސިލުން ވާނީ ނަންބަރު ޖަހާފައެވެ.
ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 27 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 27 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލަން ނަގައި ކައުންސިލުން ނިންމާ ގޮތެއްގެމަތީން އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
05 ޛުލްޤައިދާ 1447