ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)345-CAA/345/2015/1038
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 12 ޖަނަވަރީ 2016 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ، އއ. މާޅޮސް

މުސާރަ:

7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޒިންމާދާރު ވެރިޔާގެގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިސްވެ ބެލެހެއްޓުން.

2. ކޯޕަރޭޓް އެފެއާޒާއި، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަނުގެ މަސައްކަތްތައް އިންތިޒާމްކޮށް ރާވައި ހިންގައި ބެލެހެއްޓުން.

3. ކޯޕަރޭޓް އެފެއާޒާއި، އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް، މަސައްކަތުގެ ފެންވަރުބަލާ ފޯމު ފުރާފައި މާކްސް ދިނުމާއި، ރިޕޯޓް ތައްޔާރުކުރުން.

4. އއ. މާޅޮހު ކައުންސިލްގެ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުންނާބެހޭ ކަންކަމާއި، އިދާރީ ހިންގުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހޯދުމާއި، މުވައްޒަފުންނަށް ރަނގަޅު މަސައްކަތު މާޙައުލެއް ޤާއިމުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

5. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ އއ. މާޅޮހު ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި ބަޖެޓުން ކުރާ ޚަރަދުތައް އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.

6. ދައުލަތާއި ކައުންސިލަށް އާމްދަނީގެގޮތުގައި ލިބޭ ފައިސާއާބެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.

7. އއ. މާޅޮހު ކައުންސިލުން ނިންމާ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައްކޮށް، އެކަންކަން ރާވައި ހިންގުން.

8. މީގެ އިތުރުން، ވަޒީފާގެ ހައިސިއްޔަތުން ކައުންސިލްގެ ރައީސް އަންގަވާ ކަންކަން ކުރުން.

9. ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރު ވެރިން ޢަމަލުކުރަންޖެހޭ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށް ޒިންމާދާރު ވެރިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކޮށް، ޒިންމާދާރު ވެރިން އޮފީހުގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދަށްވެގެން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

- ލިބިފައިވާ ހުނަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާއަށެވެ. މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމަކުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އއ. މާޅޮހު ކައުންސިލްގެ އިދާރާއިން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. މަސައްކަތުގެ  ތަޖުރިބާ  ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ  އިދާރާތަކުން  ދޫކޮށްފައިވާ   ލިޔުންތަކުގެ  ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަވިއު، އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެއެވެ. އިންޓަވިއު އޮންނަ ތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660059 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015