ނީލަން
ނަންބަރު: (IUL)469-CA/469/2026/21
ޕަބްލިޝްކުރި ތާރީޚް: 22 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 30 އޭޕްރިލް 2026 00:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ

މި އޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު:  (IUL)469-CA/469/2026/11 (23 ފެބުރުވަރީ 2026) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާނުކުރީމެވެ.

  • ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން: ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 03  މޭ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން/އައިޑީ ކޮޕީ/ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވައިގެން ރެޖިސްޓަރީކުރެއްވުން އެދެމެވެ.
  • ނީލަން ކިޔުން :05 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި.
  • ނީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުން: [email protected] / 3333451
  • ނީލަން ކާމިޔާބު ކުރާ ފަރާތް : ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް  https:/bandeyripay.finance.gov.mv)) އަށް ފޮނުއްވައި ދެއްދެވުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެކަތެރި ގެންދަން ވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބު ކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.

                  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                  22 އޭޕްރީލް 2026

22 އޭޕްރިލް 2026