ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2026/26
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 23:16
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ސްލޮޓް ނަންބަރު ގުރުއަތުލުމާއި ގުޅޭ

ކާށިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވިފައިވާ އިޢުލާނާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ގޯތި ސްލޮޓް ނަންބަރު ނެގުމަށް ބާއްވާ ގުރުނެގުން މާދަމާގެ (22 އޭޕްރިލް 2026، ބުދަ) މެންދުރު 13:15 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. ގުރުނެގުން ކުރިއަށްދާނީ ފެރީޓާމިނަލްގައެވެ. 

ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

21 އޭޕްރިލް 2026