ދިވެހިރާއްޖެ
އެސް.ޓީ.އޯ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
|
ނީލަން ކިޔާ ތަކެތި |
ތަކެތީގެ އަދަދު |
ތަކެތީގެ ހާލަތު |
ނީލަން ކިޔަން ފަށާއަގު (ރުފިޔާ) |
|
ޓްރެޑްމިލް |
3 |
ބައުވެފައި |
11,000/- |
|
ސިންގަލް ލޮކަރ |
6 |
ބައުވެފައި |
މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
|
ސެޝަންގެ ތަފްސީލް |
ތާރީޙް |
ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
26 އޭޕްރިލް 2026 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ |
|
އަގުހުށަހެޅުން |
27 އޭޕްރިލް 2026 |
ހެނދުނު 10:00 |
އެސް.ޓީ.އޯ ހެޑްއޮފީސް |
އިތުރު މަޢުލޫމާތު:
o ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަން ވާނެއެވެ.
o ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
o ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސް.ޓީ.އޯ އަށް ލިބިގެންވެއެވެ.
o މުދާ ނުގެންދާ ފަރާތްތަކަށް އެސް.ޓީ.އޯއިން ކުރިއަށް ބާއްވާ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.