ނީލަން
ނަންބަރު: A/IUL/2026/64
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 26 އޭޕްރިލް 2025 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލާމުގައި ވިއްކާލުން

ބައު ތަކެތި ނީލަމުގައި ވިއްކާލުން

މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

- ކޭބަލްތަކެއް (އެކި ސައިޒުގެ)

ނީލަން ފެށޭ އަގު:

ކިލޯ އަކަށް /-25ރ (ފަންސަވީސް ރުފިޔާ)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

ކިލޯ އަކަށް /-10ރ (ދިހަ ރުފިޔާ)

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2026 އެޕްރީލު 22 ވާ ބުދަ ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން:

ޑިޕޮސިޓް ފައިސާގެ ގޮތުގައި /-25،000ރ (ފަންސަވީސް ހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 7704-100078-001 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން.

 

ޑިޕޮސިޓް ބަލައިގަތުން:

2026 އެޕްރީލު 23 ވާ ބުރާސްފަތި ދުވަހުގެ 10:00 – 14:00 ނިޔަލަށް،

14:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އަގު ހުށަހަޅާނެ ތާރީޚް: 

2026 އެޕްރީލު 26 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ މާލެ،

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ /ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338235 / 7325332 އަށެވެ.

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް އަގު ހުށައެޅުމަށް ދީފައިވާ ފުރުޞަތުގައި އަގު ހުށައެޅުއްވުމަށް ފަހު، ހުށައެޅުން އަނބުރާ ނަގާ ނުވަތަ ހުށައެޅުން ބާޠިލު ކުރިނަމަވެސް، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ.

ނީލަމަށް އަގު ހުށައަޅާއިރު ހުށައަޅާ އަގަކީ އެފަރާތުން ހުށައަޅާ ފައިނަލް އަގު ކަމުގައި ބެލެވޭނެއެވެ.

 

                                03  ޛުލްޤަޢިދާ 1447  

                                 21 އެޕްރީލު  2026

21 އޭޕްރިލް 2026