މަސައްކަތް
ނަންބަރު: (IUL)138-PS2/138/2015/82
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 31 ޑިސެންބަރު 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭ ހުޅަނގުފަރާތުގެ 3D ޕްރޮޖެކްޝަން މެޕިންގ ނުވަތ ކޮންސެޕްޓެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާލޭ ހުޅަނގުފަރާތުގައި ތަރައްޤީކުރަމުންދާ ހެދިގޮނޑުދޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެ ސަރަޙައްދު ކުރިން އޮތްގޮތާއި، އެ ސަރަޙައްދަށް އައިސްފައިވާ ބަދަލުތަކާއެކު (ޓްރާންސްފޮމޭޝަން) އެ ސަރަޙައްދުގެ (ރަށެއްގެ މަލަމަތި ސިފަވާގޮތަށް) 3D ޕްރޮޖެކްޝަން މެޕިންގ ނުވަތ ކޮންސެޕްޓެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11.00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 5 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13.00 އަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ 31 ޑިސެންބަރު 2015 ބުރާސްފަތި ދުވަހު ބޭއްވޭ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ 3004366 ނުވަތަ 3004120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1437    

27 ޑިސެންބަރު 2015