ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2026/36
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 16:37
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ދޫކުރާ ވަރކް ޕަރމިޓް ކެންސަލްކުރުމާ ގުޅޭ

އިޢުލާން

ގަވާއިދު ނަންބަރު 2025/R-120 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު) ގެ 47 ވަނަ މާއްދާގެ (ހ) ގެ 19 ވަނަ ނަންބަރަށް ޙަވާލާދީ ދަންނަވަމެވެ.

ވަރކް ޕަރމިޓެއްގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، މެދުނުކެނޑި 4 (ހަތަރެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ތިބޭ ބިދޭސީންގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ތިބި ބިދޭސީންގެ ވަރކް ޕަރމިޓްތައް 2026 އޭޕްރީލް 26 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބާޠިލްކުރެވޭނެ ވާހަކަ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، ވަޒީފާދޭ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން، ރާއްޖެއިން ބޭރުގައި 4 މަހަށްވުރެ ގިނަ ދުވަހު ތިބި ނަމަވެސް ވަރކް ޕަރމިޓް ކެންސަލްކުރަން ބޭނުންނުވާ ފަރާތްތަކުގެ ވަރކް ޕަރމިޓް ފީތައް ދައްކައި އަދާހަމަކޮށް ބެލެހެއްޓުމަށް އިލްތިމާސްކުރަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. 

‏03 ޛުލްޤައިދާ 1447

20 އޭޕްރިލް 2026