މަސައްކަތް
ނަންބަރު: TCL/PROC-TA/2015/46
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 31 ޑިސެންބަރު 2015 15:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް

ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

ތިލަފުށީ ކޯޕަރޭޝަނުން ކ.ތިލަފުށިން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި-1 އަދި ތިލަފުށި-2 ގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އިޢުލާން ނަންބަރު: TCL/PROC-TA/2015/43 ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ޝައުޤުވެރިކަން ފާޅުކުރުމަށް ހުށަހަޅުއްވާ ސިޓީއާއެކު ތިރީގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.

ހ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޕްރޮފައިލާއި ތަޖުރިބާ

ށ. ޚިދުމަތް ދިނުމަށް ހުށަހަޅާގޮތުގެ ކޮންސެޕްޓް

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އަންގާރަ - ބުރާސްފަތި

29 ޑިސެންބަރު 2015 އިން 31 ޑިސެންބަރު 2015 އަށް

10:00 އިން ފެށިގެން

އީ.އޯ.އައި ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

ބުދަ

6 ޖަނަވަރީ 2016

10:00 ގައި

ހުށަހަޅުއްވާ އީ.އޯ.އައި އަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމަށް އެދި ޝައުޤުވެރިވާކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުއްވުމަށްފަހު، ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ.

“EOI FOR THE PROVISION OF PUBLIC TRANSPORT SERVICE TO K.THILAFUSHI”

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް

ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ

އަމީނީމަގު، މައްޗަންގޮޅި، މާލެ، 20375

ފޯން: 3307513 ، 3307515 ފެކްސް: 3307514

އީ.މެއިލް: [email protected]

22 ޑިސެންބަރު 2015