ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2026/13
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 28 އޭޕްރިލް 2026 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

އިއުލާން ނަންބަރު: (IUL)460-AF/460/2025/8އަށް ވަޒީފާއަށް ކުރިމަތިލީ މަދު ފަރާތްތަކެއް ކަމުން އަލުން އެ މަޤާމަށް ހުޅުވާލުން. އިއުލާން ނަންބަރު:(IUL)460-AF/460/2026/13އަށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަޤާމުގެ ރޭންކް:

އީ.އެކްސް 4

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ކޯޕަރޭޓް އެފެއާޒް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ،

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި މޮނިޓަރ ކުރުން.  
  2. ޑިޕާޓްމަންޓްގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، މަސައްކަތް ކުރެވޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި، ނިންމަންޖެހޭ ކަންތައްތައް ވެރިންގެ މަޝްވަރާގެ މަތިން ނިންމުން.
  3. އޮފީހުގައި އެލުލަވާލެވިފައިވާ ކޮމިޓީތަކުގެ މަސައްކަތްތައް ޤަވައިދުން ކުރިޔަށްދާކަމާއި ކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށްދާކަން ކަށަވަރުކުރުން.
  4. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  5. އޮފީހުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުން
  6. އިދާރާގެ ބަޖެޓާ ގުޅޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ރާވައި ބެލެހެއްޓޭކަން ކަށަވަރު ކުރުން.
  7. އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  8. އޮފީހުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތު އަދާކުރުން.
  9. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތައް، ކަނޑައެޅިފައިވާ މަސައްކަތު ފެންވަރު ބެލުމުގެ އުޞޫލާ އެއްގޮތަށް ކުރުން. 
  10. މުވައްޒަފުންގެ މަސައްކަތް ހަލުއިކޮށް ދާއިރާގެ ކުރިއެރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ އެފަދަ ފުރުޞަތުތައް ހަމަޖެހިފައިވާ ޤަވާއިދުގެ ތެރެއިން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރަމުން ގެންދިޔުން.
  11. އޮފީހުގެ މެންޑޭޓް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  12. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރާގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  -  އެޑްމިނިސްޓްރޭޝަން   

  -  ބިޒްނަސް   

  -  ބިޒްނަސް އެޑްމިނިސްޓްރޭޝަން   

  -  ބިޒްނަސް މެނޭޖްމަންޓް   

  -  މެނޭޖްމަންޓް   

  -  ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  -  ތަޢުލީމާއި ތަމްރީނު

  -  މަސައްކަތު ތަޖުރިބާ

  -  އިންޓަރވިޔު

  -  ޕްރެޒެންޓޭޝަން

މުސާރައާއި އެލަވަންސް

  -  އަސާސީ މުސާރަ: (މަހަކު) -/15,000 ރުފިޔާ

  -  ސަރވިސް އެލަވަންސް: (މަހަކު) -/3,000 ރުފިޔާ

  -  އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

  -  ފޯނު އެލަވަންސް: (މަހަކު) -/800 ރުފިޔާ

  -  އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  -  ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

  -  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

  -  ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:

28 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް  [email protected]އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

 

 

20 އޭޕްރިލް 2026