ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2026/109
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 26 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ސިސްޓަމް އެޑްމިނިސްޓްރޭޓަރ - ވަގުތީ

 

އިޢުލާން

މިނިސްޓްރީގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސީނިއަރ ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު

J-431149

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (1 އަހަރާއި 7 މަސް)

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 9 (ސްޓެޕް 1)

ޑިވިޝަން/ ސެކްޝަން

އިންފޮމޭޝަން ޓެކޮނޮލީ ޑިވިޜަން/ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ/ މާލެ

މުސާރަ

-/17,015 ރުފިޔާ

މަޤާމް އެލަވަންސް

-/9,745 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/265
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޝަންގެ އެންމެހާ މަސައްކަތްތައް އިސްކޮށް ބަލަހައްޓާ، އައިޓީ ޑިވިޝަނުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުން.
  2. މިނިސްޓްރީ އޮފް ހެލްތުގެ ޑިވިޝަންތަކާއި ޑިޕާރޓްމަންޓްތަކުގައި ބޭނުން ކުރާ ކޮމްޕިއުޓަރ އަދި ޕްރިންޓަރތަކައް ދިމާވާ މައްސަލަތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް ދުވަހުން ދުވަހައް ސަޕޯޓް ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުން.
  3. މިނިސްޓްރީ އޮފް ހެލްތުގެ ސާރވާރތަކާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގައި ބެހެއްޓިފައިހުރި ސާރވަރ ސިސްޓަމްތަކުގެ ހާލަތު ދެނެގަނެ، މައްސަލަތައް ދިމާނުވާނޭހެނެ މަސައްކަތްރާވާ މުވައްޒަފުންނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުން.
  4. ހޮސްޕިޓަލް ތަކާއި ސިއްހީމަރުކަޒުތަކުގެ އައިޓީ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އިންފްރާސްޓްރަކްޗާ ސްޓޭންޑާރޑްތައް ހަދާ މަސައްކަތްތައް ކުރިޔަށް ގެންދިޔުން.
  5. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާރޓްމަންތަކުގައި ބެހެއްޓިފައިވާ ޕީއޭ.ބީ.އެކްސްތައް ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ސާރވިސްކޮށް، އަޕްގްރާޑްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
  6. މިނިސްޓްރީ އޮފް ހެލްތުގެ ސާވާތައް ބަލަހައްޓާ ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ހެލްތްސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާނޭ އައިޓީ އިކުއިޕްމަންޓް ރިކުއާމަންޓްތައް ހެދުން.
  8. މިނިސްޓްރީއިން ހޯދާ އައިޓީ އިކުއިޕްމަންޓްތަކުގެ ސްޓޭންޑާޑްތައް ހަދާ، މިނިސްޓްރީއަށާއި މިނިސްޓްރީ ދަށުން ހިނގަމުންއަންނަ ހޮސްޕިޓަލްތަކަށް ހޯދާ ތަކެތި ހޯދަމުން އަންނަނީ މި ސްޓޭންޑަޑާއި އެއްގޮތަށްކަން ކަށަވަރުކުރުން.
  9. މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ޑިޕާރޓްމަންޓްތަކުގައި ބޭނުންކުރާ އެންމެހާ ސޮފްޓްވެއަރ ހޯސްޓްކޮށް، ހޮސްޓިންއަށް ގެންނަންޖެހޭ ބަދަލުތައް ގަނައުމުގެ މަސައްކަތްތަކާއި އެނޫންވެސް ސޮފްޓްވެއަރ ހޮސްޓްކޮށް ބެލެހެއްޓުމާ ގުޅުންހުރި މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  10. މިނިސްޓްރީގެ ޑޮމެއިންތައް މެނޭޖް ކުރުމާއި، އީމެއިލް ސާވާ މެނޭޖްކޮށް އީމެއިލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  11. ހެލްތްމިނިސްޓރީގެ ނެޓްވާކާއި ސާވާތަކުގެ ސެކިއުރިޓީ ބަލަހައްޓާ، ދިމާވެދާނޭ ސެކިއުރިޓީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކުރަނޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  12. ސިއްޙީ ދާއިރާގެ އައިޓީ ޑިވެލޮޕްމަންޓަށް ޑޯނާރތަކުން ފޯރުކޮށްދޭ ފަންޑްތައް މެނޭޖުކުރުމާއި ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރަން ހުންނަ މަސައްކަތްތަށް ރާވާ ހިންގުން.
  13. ސަރުކާރުން ސިއްޙީދާއިރާގެ އައިޓީ ޑިވެލޮޕްމަންޓާއި ގުޅޭ ސިޔާސަތުތައް އިސްކޮށްބަލަހައްޓާ ތަންފީޒުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔުން.
  14. އައި.ޓީ ޑިވިޝަންގެ ފަރާތުން ތައްޔާރުކުރަންޖެހޭ މައުލޫމާތު ޝީޓްތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި އަދި އިވެލުއޭޝަންގެ މަސައްކަތްތައް ގުޅުންހުރި މުވައްޒަފުން ލައްވާ ކުރުން.
  15. އައިޓީ ޑިވިޝަންގެ ހޮޓްލައިން އަދި ޓްރަބަލް ޝޫޓިންގެ މަސައްކަތްތައް އިސްކޮށް ބަލަހައްޓާ މުވައްޒަފުންލައްވާ ކުރުވުން.
  16. އައިޓި ޑިވިޝަނުން ތައްޔާރުކުރަންޖެހޭ ބަޖެޓް ހެދުމުގެ މަސައްކަތްތައް ކުރުވުމާއި އައިޓީ ޕްރޮކިއުމަންޓް ޕްލޭން ހެދުމުގެ މަސައްކަތްތަށް ކުރުން.
  17. ޑިވިޝަން ޑިޕާރޓްމަންޓްތަކަށް ގެންނަ ބަދަލުތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އައިޓީ އެރޭންޖްމަންޓް ޑިވިޝަންތަކުގެ މަސައްކަތައް ބުރޫ ނާރާނޭހެން ތާވަލުކޮށް އަވަސައްގޮތެއްގައި ނިންމުން.
  18. ރާއްޖޭގެ ހެލްތުސެކްޓާގެ އައިޓީ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  19. ހެލްތްސެކްޓާގެ އައިޓީ އިންފަރާސްޓްރަކްޗާ ޑޮކިއުމަންޓް ކުރުވުމާއި، ޑިވިޝަނުގެ މަސައްކަތްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ޑޮކިއުމަންޓްތައް މުވައްޒަފުންނާއި ހަވާލުކޮށްގެން ބެލެހެއްޓުން. 
  20. ޑިވަޝަނުގެ މަސައްކަތްތަކާއި ގުޅިގެން ކުރަންހުންނަ ލޮޖިސްޓިކް މަސައްކަތްތައް އިސްކޮށް ބަލަހައްޓާ ކުރުން.
  21. މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ހޮސްޕިޓަލް/ހެލްތުސެންޓާތަކުގެ އައި.ޓީ ސަޕޯޓް ދިނުމަށްތަކައި ކުރަންޖެހޭ ދަތުރުތައް ކޮށް އެތަންތަނަށް ދޭންޖެހޭ ރިމޯޓް ސަޕޯޓް ދިނުން
  22. މުވައްޒަފުންގެ ޕާރފޯރމޭންސް އެޕްރައިސަލް ކަނޑައެޅިފައިވާ މުއްދަތައް ނިންމުމުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  23. ޑިވިޝަންގެ މަސައްކަތާއި ގުޅިގެން ސުޕަވައިޒަރު ހަވާލުކުރާ މަސައްކަތްތައް ކުރިޔަށްގެންދިޔުން.
  24. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން   

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

ތަޢުލީމީ ރޮނގުތައް:

  1. އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް  
  2. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސް  
  3. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސަސް އެންޑް ސަޕޯޓް ސަރވިސް  
  4. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސިސްޓަމް އެނަލިސިސް  
  5. ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސިސްޓަމް ސެކިއުރިޓީ  
  6. ކޮމްޕިއުޓަރ ސިސްޓަމްސް ނެޓްވަރކިންގ އެންޑް ޓެލެކޮމިއުނިކޭޝަންސް  
  7. ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޯލޮޖީ  
  8. ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  9. އިންފޮރމޭޝަން ސައިންސް/ސްޓަޑީސް  
  10. އިންފޮމޭޝަން ޓެކްނޮލޮޖީ  
  11. މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ  
  12. ނެޓްވަރކިން އެންޑް ލޭން/ވޭން މެނޭޖްމަންޓް  
  13. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  14. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  15. ސިސްޓަމް އިންޖީނިއަރިންގ

 

ގުޅޭ ވަޒީފާގެ ދާއިރާ

  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ  މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 26 އެޕްރީލް 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.    

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު ،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އެޕްރީލް / މޭ މަހު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު ، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014408،30144093014404, ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

20 އޭޕްރިލް 2026