މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2015/63
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 04 ޖަނަވަރީ 2016 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަޙައްދީ ގޮފީގެ އިމާރާތުގެ ހުރިހާ ކުޑަދޮރުތަކެއްގައި ބްލައިންޑްސް ހަރުކުރުމަށް، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2015/52)ފ(4 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން މިއޮފީހުން ދީފައިވާ މަޢުލޫމާތުގެ ރިކުއަޔަރމަންޓްތައް ބަދަލުވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 4 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00އަށް އައްޑޫސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 14:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.

24 ޑިސެންބަރު 2015