ދިވެހިރާއްޖެ
|
އިޢުލާން
1447ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުބެހުމާ ބެހޭ 1447ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާކުރައްވާފައިވާ 50 ޓަނު ކަދުރު މި ވުޒާރާއަށް ވަނީ ލިބިފައެވެ. ސިޓީތަކާއި، ރަށްރަށަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރެވެ. ސިޓީތަކާއި، ރަށްރަށަކަށް ޢަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕަކެޓް ކަދުރުގެ ރޭޓުންނެވެ. އަދި މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މި ވުޒާރާ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. މިގޮތުން ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓް މީޓަރުގެ ނަންބަރު އަދި ކަދުރާ ޙަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ. އެހެންކަމުން، ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިތަކުގައި މި ވުޒާރާ (އިސްލާމީ މަރުކަޒު) އަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.
ވީމާ، ބަޔާންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ކަދުރާ ޙަވާލުވުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. 02 ذُوالْقَعِدَة 7144 20 އެޕްރީލް 2026 |