ދިވެހިރާއްޖެ
ރަށުގެ މީހުން ދިރިއުޅޭ ގޯތިތަކާއި ފަޅު ގޯތިތަކުގައި ހައްދާފައި ހުރި ބައެއް ގަސްތަކުގެ ބޮޑުބައެއް މަގުމައްޗަށް ވާގޮތަށް ހައްދާފައި ހުރުމުގެ ސަބަބުން މިކައުންސިލްގެ ޕިކަޕާއި، ސިއްހީމަރުކަޒުގެ އެމްބިއުލާންސް ދުއްވުމަށާއި އާންމު ރައްޔިތުން މަގު ބޭނުންކުރުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަކަންވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމުގެ ޝަކުވާވެސް މިކައުންސިލަށް އަންނަނީ ލިބެމުންނެވެ.
ވީމާ، މަގުމައްޗަށް ވާގޮތަށް ހައްދާފައިހުރި ގަސްތައް ނުވަތަ ހެދިފައިހުރި ގަސްތައް، 25 އޭޕްރީލް 2026ގެ ކުރިން ބިމުން ފެށިގެން 8 ފޫޓާ ހަމައަށް، އަދި މަގަށް އުނދަގޫވާގޮތަށް ހުރި ބައި ކޮށުމަށް އަންގަމެވެ. އަދި މިތާރީޚާ ހަމައަށް ނުކޮށާ ހުންނަ ގަސްތައް މިކައުންސިލުން ކޮށާނެ ވާހަކަވެސް އަންގާ އިއުލާން ކުރަމެވެ. އަދި މިކަމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ.
ވުމާއެކު، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޛުލްޤައިދާ 1447