ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AF/460/2026/11
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 28 އޭޕްރިލް 2026 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް.2

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ޕްރޮގްރާމްސް / މޮނިޓަރިންގ އެންޑް މީޑިއާ

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ނުވަތަ،

  1. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.

ނުވަތަ،

  1. ސާނަވީ ތަޢްލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ މަސައްކަތްތަކާއި އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާއި އޮފީހުގެ ވެބްސައިޓް ބޭނުންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތައް ސެކްޝަން އިސްވެރިއެއްގެ ލަފާގެ މަތިން ކުރުން.
  2. ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭ މެސެޖުތަކާއި ސުވާލުތައް މޮނިޓަރކޮށް، އެ ފަރާތްތަކަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދިނުން.
  3. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ޚަބަރާއި މައުލޫމާތު ވެބްސައިޓްގައި ޤަވާއިދުން އަޕްޑޭޓް ކުރުން.
  4. ޓްރެއިނިންގތަކާއި އެވެއާރނަސް ސެޝަންތަކުގައި ބޭނުންކުރާ ޕްރެޒެންޓޭޝަންތައް އަދި އެހެނިހެން މެޓީރިއަލްސް ތައްޔާރުކުރުން. 
  5. މަހޯލި ޕޯޓަލް އަށް ބޭނުންވާ އިންފޮމޭޝަން އޮފިސަރުންނާއި މުރާޖަޢާ ކޮމިޓީގެ މެންބަރުންގެ މައުލޫމާތުތައް މޮނިޓަރ ކުރުމާއި އަދާހަމަކޮށް ބެލެހެއްޓުން.
  6. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތަކާގުޅޭ އަހަރީ ރިޕޯޓާއި، ކްއާޓަލީ ރިޕޯޓް އަދި ނިއުސްލެޓަރ ފަދަ ތަކެތި ތައްޔާރުކުރުން.
  7. އޮފީހުން ބާއްވާ ޓްރޭނިންގތަކާއި ވޯރކްޝޮޕް އަދި ކޮންފަރެންސްތައް ރާވާ ހިންގުން.
  8. މަސައްކަތާއި ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލުތަކާއި އީމެއިލް އަށް ޖަވާބުދާރީވުން.
  9. ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް އެދުވަހުގެ ޔައުމިއްޔާ ނޯޓު ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

  - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

  - ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

  - މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

  - ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

  - ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

އުޖޫރައާއި އިނާޔަތްތައް:

  - އަސާސީ މުސާރަ: (މަހަކު) -/7,000 ރުފިޔާ.

  - ސަރވިސް އެލަވަންސް: (މަހަކު) -/3,000 ރުފިޔާ

  - އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

 - އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

 - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:

28 އެޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

20 އޭޕްރިލް 2026