ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VLAC-JOB/2026/02
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 26 އޭޕްރިލް 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް، އެޑްމިނިސްޓުރޭޓިވް އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް

 

އިޢުލާނު

ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް، އެޑްމިނިސްޓުރޭޓިވް އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުން

 

 މަޤާމް:

 އެޑްމިނިސްޓުރޭޓިވް އޮފިސަރ (ގްރޭޑް 1)

 މަޤާމުގެ ނަންބަރު:

 202621 

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ދާއިމީ އޮފީސް

 މުއްދަތު

 ދާއިމީ

 ވަޒީފާއަދާކުރަންޖެހޭ ތަން:

 ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް

 މުސާރަ:

 4000 ރުފިޔާ

 ހާޒިރީ އެލަވަންސް

ހާޒިރުވާ ކޮންމެދުވަހަކަށް 80 ރުފިޔާގެ ރޭޓުން (2000 ރުފިޔާ) 

 ސަޕޯރޓިންކް ކޯ އެލަވަންސް

 3000 ރުފިޔާ

 އެހެނިހެން އެލަވަންސް:

 ކުންފުނިން ހަމަޖައްސައިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމްގެ މައިގަނޑު   މަސްއޫލިއްޔަތު:

 

  1. ކުންފުނިން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުންފުނީގެ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
  2. ކުންފުނީގެ އޮފީހަށް އަންނަ ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  3. ކުންފުނީގެ އޮފީހަށް ހުށަހެޅޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީކުރުމާއި އަދި ރޫޓްކުރުން. އަދި އީމެއިލް ނިޒާމު މެދުވެރިކޮށް އިދާރާއަށް އަންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެންޓްރީކުރުމާއި އަދި ރޫޓްކުރުން.
  4. ކުންފުނީގެ އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވުމުން.
  5. ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  6. ކުންފުނީގެ ލިޔެކިޔުންތައް ފައިލް ކުރުމާއި  ، ސްކޭން ކުރުމާއި އަރުޝީފް ކުރުން.
  7. ކުންފުނީގެ އޮފީހުން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  8. ކުންފުނީގެ ބޭނުމަށް ކުރާ ދިރާސާތަކާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.
  9. ކުންފުނީގެ އޮފީހުން އެކިއެކި ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.
  10. ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  11. ކުންފުނީގެ އޮފީހަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ހިދުމަތްތަކާގުޅޭ މައުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މައުލޫމާތު ދިނުން.
  12. ކުންފުނީގެ އޮފީހަށް ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  13. ކުންފުނިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކުންފުނީގެ އޮފީސް ހުޅުވައި ލެއްޕުން.

 މަޤާމުގެ ޝަރުތުތައް:

 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް   ކޮށްފައި  ވުމާއެކު، ސެކަންޑްރީ ސްކޫލް ، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް، ސެޓްފިކެޓް   އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. ނުވަތަ،

 

 2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް   ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް،   ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. 

 

 ހުށަހަޅަންޖެހޭލިޔުންތައް:

 1- ފުރިހަމަކޮށްފައިވާ ކުންފުނީގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ކުންފުނީގެ އޮފީހުން)   ލިބެންހުންނާނެއެވެ.

 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް   ހިމެނޭގޮތަށް)

 3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ   ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް   ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް   ނުވަތަ  ޑްރައިވިންގ ލައިސަންސް

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ވަޒީފާއަށް އެންމެ   ޤާބިލުފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 1- އަސާސީ ޝަރުތު ހަމަވުން (%35)

 2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް (%5)

 3- އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)  (%25)

 4- އިންޓަރވިއު  ( %35)

 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބިފައިވާ ފަރާތެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޭޕްރީލް 2026 ގެ މެންދުރު 12:00 ގެ   ކުރިން މިކުންފުނީގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް   އީމެއިލް  [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 27 އޭޕްރީލް 2026 އާއި 28   އޭޕްރީލް 2026 އާދެމެދުއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6563946 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ކުންފުނީގެ އޮފީހުން ފޯމް ދޫކޮށް، ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00 އަށެވެ.


20 އޭޕްރީލް 2026

20 އޭޕްރިލް 2026