ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/120
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 26 އޭޕްރިލް 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ވޮޗަރު - ރިޔާސީ ފްލީޓް

ރިޔާސީ ފްލީޓްގެ ވޮޗަރު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ވޮޗަރު (ގްރޭޑް 1)

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު: 7,535.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު: 2,600.00 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ:

ހާޒިރީ ޢިނާޔަތުގެ ގޮތުގައި މަސައްކަތު ނުކުންނަ ދުވަހަކަށް 60.00 ރުފިޔާ އާއި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަގާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި، މަސައްކަތުގެ ތަޖުރިބާ

1- ލިޔަންކިޔަން އެނގުން. ނުވަތަ،

2- މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް އެއްވެސް ނުރައްކަލެއް ނާންނާނެގޮތެއްގެމަތީން ސެކިއުރިޓީ ބެލެހެއްޓުން.

2- ވެހިކަލްގަރާޖަށް ވަންނަ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތަކެއްތޯބަލާ ޗެކްކުރުމާއި، ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެންމެނުވީ އިމާރާތުގެތެރެއަށް ވަދެއުޅުނަ ނުދިނުން.

3- ވެހިކަލް ގަރާޖުން ބޭރަށް ގެންދެވޭ ތަކެއްޗަކީ ހުއްދަ ލިބިގެން ގެންދެވޭ ތަކެތިތޯބަލާ ޗެކްކުރުން.

4- މަސައްކަތާގުޅިގެން ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 އެޕްރީލް 26 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

01 ޛުލްޤަޢިދާ 1447

 

19 އޭޕްރިލް 2026