ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168/1/2026/40
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 30 އޭޕްރިލް 2026 14:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވޯޑްއަކީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ، އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލުތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 30 އޭޕްރީލް 2026 ގެ ނިޔަލަށް، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމުކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބް ތަކުގެ ދަރިވަރުންނަށް ހުޅުވާލަމެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަން ފޯމުގެ ލިންކް:  https://hrcm.org.mv/dv/human-rights-club

އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 އޭޕްރީލް 2026

20 އޭޕްރިލް 2026