މަސައްކަތް
ނަންބަރު: GS48/2015/21
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 31 ޑިސެންބަރު 2015 13:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ފަރުނީޗަރު ޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިމަދަރުސާއަށް ފަރުނީޗަރު ޖައްސައިދޭނެ ފަރާތެއް ހޯދުން

މިމަދަރުސާގެ ކްލާސްރޫމްތަކަށް ބޭނުންވާ ފަރުނީޗަރުތައް ޖައްސައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޑިސެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ 13.00އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ޖަނަވަރީ 2016ވާ ބުރާސްފަތިދުވަހުގެ 13.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

24 ޑިސެންބަރު 2015