ދިވެހިރާއްޖެ
FSM-ADV/2026/065
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
އޮފިސަރ، ސޭލްސް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމުގައި މެނޭޖަރަށް އެހީތެރިކަން ފޯރުކޮށްދިނުން. - މުވައްޒަފުންނާއި އެހެނިހެން ޑިޕާޓްމަންޓުތަކާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަލައި، އެ މައުލޫމާތުތައް މެނޭޖަރާއި ހިއްސާކުރުން. - މެނޭޖުމަންޓަށް އަދި ބޯޑަށް ހުށައަޅަންޖެހޭ މައުލޫމާތު ތައްޔާރުކުމަށްޓަކައި، މެނޭޖަރަށް އެހީތެރިވުން. - ބައްދަލުވުންތައް އިންތިޒާމުކުމާއި، އެޖެންޑާ ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ލިޔެ ރިކޯޑު ބެލެހެއްޓުން. - ޑިޕާޓްމަންޓުގެ އެސް.އޯ.ޕީ ތަކާއި އިދާރީ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުން. - ޝެޑްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ އިދާރީ ކަންކަމާއި ބެލެހެއްޓުން. - ޝެޑްތަކުގެ މެއިންޓެނަންސްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން - ޑިޕާޓްމަންޓުގެ އިސްވެރިން ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ހަވާލުކުރާ އެހެނިހެން ކަންކަމާއި ޒިންމާތައް ފުރިހަމައަށް އަދާކުރުން. |
|
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 4 ފާސް ލިބިފައިވުން |
|
މަހު މުސާރަ: |
11,000ރ އާއި 12,000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ސޭލްސް، އެފް.އެސް.އެމް ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
19 އޭޕްރިލް 2026