މަސައްކަތް
ނަންބަރު: ( IUL)23-PD(PMS)/23/2026/96
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 27 އޭޕްރިލް 2026 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ އޮފީސް އިމާރާތްތަކުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި، ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިޒް އިމާރާތް، ހ.ރެޔާލް އިމާރާތާއި، ދަމަނަވެށި އިމާރާތް، އަދި އޮރެންޖް ހިޔާ އިމާރާތުގައި ހިމެނޭ ( މޯލްޑިވްސް މެޑިކަލް ސަރވިސަސް އަދި ނޭޝަނަލް މެންޓަލް ހެލްތް ޑިޕާރޓްމަންޓް)،އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ފަރުކޮޅުގައިވާ ގުދަންތަކުގެ އިތުރުން ހ. މައިޒާން ދޮށުގޭގައިވާ އޮފީސް އިމާރާތުގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަން ތަކާއި ބެހެއްޓިފައިވާ ރެފްރިޖިރޭޓަރުތަކާއި، ކޯލްޑްރޫމް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތް 2 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2025/417 (31 ޑިސެންބަރު 2025) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ޝަރުތު ހަމަ ނުވާތީ، އެއިޢުލާން ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 27 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މޭ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 އޭޕްރިލް 2026 ވާ ބުދަ ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                             29 ޝައްވާލު 1447ހ.

19 އޭޕްރިލް 2026