ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ އެކިއެކި މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި ސްކޫލުގެ މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ކުރެވުނު GS68/2015/23ފ(10 ޑިސެންބަރު 2015) ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ބޮޑުކަމަށް ފެންނާތީ، (މައިގަނޑު ތަކެތި ސްކޫލުން ދޭ ގޮތަށް) މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ސްކޫލުގެ ހޯލުއިމާރާތުގެ ޕާޓިޝަން މަރާމާތުކުރުން
- ދިޔަދޮވި މަރާމާތުކުރުން
- އިމާރާތްތަކާއި ވަށާފާރުގައި ކުލައާއި ދަވާދުލުން
ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 31 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2016 ޖަނަވަރީ 4 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލުގެ ކޮމްޕިއުޓަރލެބަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އަގު ހުށަހެޅުއްވުމަށްޓަކައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
13 ރަބީޢުލްއައްވަލް 1437