މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/81
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 29 ޑިސެންބަރު 2015 13:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކަންތައްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ލ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ބަރެސްދޫގައި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

* ތިމާވެށްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓް

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޕަރޭޝަންގެ 332328 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1437

27 ޑިސެންބަރު 2015