ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2015/128
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 06 ޖަނަވަރީ 2016 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސަޕޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އައި. ޓީ. ސަޕޯޓް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ޔޫސަރ ސަޕޯޓް ޓެކްނީޝަންސް

މަޤާމުގެ ރޭންކް: CS7-2

މުސާރަ: މަހަކު -/7،570 ރުފިޔާ

ސަރވިސް އެލަވަންސް: -/2،500 ރުފިޔާ   

ކޮންފްލިކްޓް އޮފް އިންޓްރެސްޓް: މުސާރައިގެ 35%

ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މާލެ

ޑިވިޜަންގެ ނަން: ޓެކްނިކަލް ޑެސްކް

ސެކްޝަންގެ ނަން: ޓެކްނިކަލް

ފެންވަރު ނުވަތަ ޝަރުތު:

1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސީ. ސީ. އެން. އޭ. ސަނަދު  ލިބިފައިވުމާއެކު،  އައިޓީ  ޓެކްނިކަލް  ސަޕޯޓް  މަސައްކަތުގައި  3  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ނުވަތަ  މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއެއްގައި  މަދުވެގެން  6  އަހަރުދުވަހުގެ  މަސައްކަތު  ތަޖުރިބާ  ލިބިފައިވުން.  ނުވަތަ؛

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސީ. ސީ. އެން. އޭ. ސަނަދު ލިބިފައިވުމާއެކު، އައިޓީ ޓެކްނިކަލް ސަޕޯޓް މަސައްކަތުގައި 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަޤާމު މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތަކާއި، އެއް އިދާރާއިން އަނެއް އިދާރާއަށް ދެއްވާ ޚިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ސިސްޓަމްތަކަށް (އެޕްލިކޭޝަނާއި، ނެޓްވާރކް އިންފްރާ ސްޓްރަކްޗަރ) ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ސިސްޓަމްތަކަށް ދިމާވާ މައްސަލަތަކާ ގުޅިގެން ސައިޓްތަކަށް ގޮސްގެން ދޭންޖެހޭ ފަންނީ އެހީތެރިކަން ދިނުމާއި، ސިސްޓަމްތައް ކޮންފިގަރ ކުރިގޮތުގެ ޑޮކިއުމެންޓޭޝަންތައް ތައްޔާރުކޮށް ބެލެހެއްޓުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 2016 ޖަނަވަރީ 6 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

2. ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނީ، ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް"  ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން:

  • ތައުލީމީ ފެންވަރު: %20
  • ޕްރޮފެޝަނަލް ތަމްރީން: %30
  • މަސައްކަތުގެ ތަޖުރިބާ: %20
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް: %30

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި، އޮންނާނެ ތަން:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވަނީ އިޢުލާން ހަމަވުމުގެ 2 ހަފްތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައި)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި އޮފީހުގެ ފްރަންޓް އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015