ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/26
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 23 އޭޕްރިލް 2026 13:30
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ކައުންސިލް ގުޅިގެން ހިންގާ ޤްރުއާން ކުލާހުގައި ބައިވެރިވުމަށް ހުޅުވާލުން

ޢިއުލާން

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ކައުންސިލް ގުޅިގެން ހިންގާ ޤްރުއާން ކުލާހުގައި ބައިވެރިވުމަށް ހުޅުވާލުން

ދ.މީދޫގެ ރައްޔިތުންގެ މެދުގައި ކީރިތި ޤްރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤްރުއާން ތަޖްވީދުމަގަށް ކިޔަވައި ހިތުދަސްކޮށް ޤްރުއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮގުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކައުންސިލުން ކުރިއަށް ގެންދާ ޤްރުއާން ކުލާހުގައި ބައިވެރިވުމަށް ހުޅުވާލަމެވެ. މިކުލާސްތަކުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތައް ވަކިން މިއިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާ މުޤައްރަރާއި އެއްގޮތަށެވެ. އަދި ޤުރުއާން ކުލާހުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. ބައިވެރިންގެ އަތުން މަހު ފީގެ ގޮތުގައި -/150 ރުފިޔާ ނެގޭނެއެވެ.  ވީމާ،  ޤްރުއާން ކުލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2026 އޭޕްރީލް 23 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

      ފޯމް ލިބެން ހުންނާނީ ކައުންސިލުންނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:30ން 13:30ށެވެ.

 

19 އޭޕްރިލް 2026