ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/120/2026/6
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:36
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އިމްތިޙާނުގައި މިޑިޕާޓްމަންޓްގެ ފަރާތުން ބައިވެރިވި ޕްރައިވެޓް ކެންޑިޑޭޓުންނަށް ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުން.
2026 ވަނަ އަހަރު މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭ.އެސް/އޭލެވެލް އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ މި ޑިޕާޓްމަންޓުގެ ކައުންޓަރުން ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. ސްޓޭޓްމެންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 19 ވާ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ 0830 އިން 1330 އަށެވެ.
ސްޓޭޓްމެންޓް އޮފް އެންޓްރީ ގައި އެއްވެސް މައްސަލައެއް އޮތްނަމަ 2026 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން، ސާރވިސް ރިކުއެސްޓް ފޯމް ފުރިހަމަ ކުރުމަށްފަހު ކެންޑިޑޭޓުގެ އައި.ޑީ ކާޑާއި ސްޓޭޓްމެންޓް އޮފް އެންޓްރީގެ ކޮޕީއަކާއެކު މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ.
19 އޭޕްރިލް 2026