ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2015/126
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 06 ޖަނަވަރީ 2016 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޖެނިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:            

މަޤާމު:

ޖެނިޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 14:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

މުސާރަ:

މަހަކު -/5،700 ރުފިޔާ

ފެންވަރު/ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް / ހާސިލުކޮށްފައިވުން. ނުވަތަ؛

3. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މައިގަނޑު މަސައްކަތްތައް:

އޮފީހުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުމާއި، މުވައްޒަފުންގެ ސައި ކަންތައްތަކައި، އޮފީހަށް ޒިޔާރަތްކުރާ މެހެމާނުންގެ ސައި ކަންތައް ބެލެހެއްޓުމާއި، ސިޓީ ފަދަ ތަކެތި ތަންތަނަށް ހަވާލުކުރަން ދިއުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖަނަވަރީ 6 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected]) ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލް ކުރާނީ، [email protected] އަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)  

ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏13 ރަބީޢުލްއައްޥަލް 1437

24 ޑިސެންބަރު 2015