ކުއްޔަށް ހިފުން
ނަންބަރު: (IUL)285-ESD/285/2026/40
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 20 އޭޕްރިލް 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ވޮލީ ޓީމްއަށް ގެންނަ ރަށުން ބޭރު ކުޅުންތެރިޔާ ހުންނާނެ ކޮޓަރިއެއް ހަމަޖެއްސުމާއި ގުޅޭ

އިޢުލާން

ހެނބަދޫ ވޮލީ ޓީމްއަށް ގެންނަ ރަށުން ބޭރު ކުޅުންތެރިޔާ ހުންނާނެ ކޮޓަރިއެއް ހަމަޖެއްސުމާއި ގުޅޭ

            ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2026 ގައި ބައިވެރިވެފައިވާ ހެނބަދޫ ވޮލީ ޓީމްގައި ހިމެނޭ ރަށުން ބޭރު ކުޅުންތެރިޔާ ހުރުމަށް ކޮޓަރިއެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ((IUL)285-ESD/285/2026/36) ބާތިލްކޮށް އަލުން މިމަސައްކަތް އިޢުލާންކުރަމެވެ.

             ވީމާ، ތިރީގައި މިދަންނަވާ ފެންވަރުގެ ކޮޓަރިއެއް ކުއްޔައްދޭން ބޭނުންވާ ފަރާތްތަކުން 20 އޭޕްރިލް 2025 (މާދަމާ) ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލް އިދާރާއަށް ދުރުވެ ސިޓީ މެދުވެރިކޮށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ކޮޓަރި ކުއްޔަށް ހިފޭނީ ޝަރުތުތަށް ފުރިހަމަވާ އަދި ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ އަގު ދައްކޮށް ހުށަހަޅާފައިވާ ކޮޓަރިއަކަށެވެ. ކޮޓަރި ކުއްޔަށް ހިފާ މުއްދަތަކީ 21 އޭޕްރިލް 2026 އިން 14 މެއި 2026 ގެ ނިޔަލަށްކަމުގައި ދަންނަވަމެވެ.

ކޮޓަރީގެ ފެންވަރު:

  1. އެއަރ ކޮންޑިޝަން ކޮއްފައިހުރުން
  2. ލޯންޑްރީ އަދި އިސްތިރިކުރެވޭނެ އިންތިޒާމް ހުރުން
  3. ފެންވަރު ރަނގަޅު ފަރުނީޗަރު ހުރުން
  4. ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްކަމުގައި ވުން

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                   01 ޛުލްޤައިދާ 1447

19 އޭޕްރިލް 2026