ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/064
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 21:08
ސުންގަޑި: 23 އޭޕްރިލް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

 

FSM-ADV/2026/064

 

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ވެއަރހައުސް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ހަވާލުކުރެވޭ ވެއަރހައުސްގެ އިންވެންޓްރީ ބެލެހެއްޓުމާއި، މުދާ ރަނގަޅަށް އިންތިޒާމުކުރެވިފައިވާކަން ކަށަވަރުކުރުން

-          ގަނެފައިވާ ތަކެއްޗާއި އިންވެންޓްރީގައި ހުންނަ ތަކެތީގެ މަހުން މަހަށް ރިޕޯޓް ތައްޔާރުކުރުން

-          މަހުން މަހަށް ސްޓޮކް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން

-          ޖީއާރުއެން ޕޯސްޓްކޮށް ރިކުއެސްޓް ކުރުމަށް މުދާ ދޫކުރުން

ޝަރުތުތައް:

-          ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

-          މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

-          އެޑްމިނިސްޓްރޭޓިވް ނުވަތަ ވެއަރހައުސް މެނޭޖުކުރުމާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ގޯޑައުން

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23  އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

16 އޭޕްރިލް 2026

 

16 އޭޕްރިލް 2026