ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-CA/399/2026/24
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 17:30
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން

                   އިޢުލާން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ107/1 މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ކޮންމެ 04 މަހަކުން އެއްފަހަރު ކައުންސިލުން ނިންމާ މުޙިއްމު ނިންމުންތަކުގައި ރައްޔިތުންނާ މަޝްވަރާކުރުމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުގެ މަތިން  2026 ވަނަ އަހަރު ފުރަތަމަ  04 މަހުގައި ބާއްވަންޖެހޭ ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން 23 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެރޭ  20:30 ގައި ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑަރ މި އިޢުލާނާއިއެކުގައި އެވަނީއެވެ.

ވީމާ، މިބައްދަލުވުމަށް ވަޑައިގެން ދެއްވުންއެދި ގަމުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. 

28 ޝައްވާލް 1447

  16  އޭޕްރީލް 2026

16 އޭޕްރިލް 2026