ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2015/412
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:36
ސުންގަޑި: 31 ޑިސެންބަރު 2015 00:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކޮންޓްރެކްޓް ސްޓާފް (ބީޓެކް ޕްރޮގްރާމް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކޮންޓްރެކްޓް ސްޓާފް (ބީޓެކް ޕްރޮގްރާމް)

ބޭނުންވާ އަދަދު: 2 (ދޭއް)              

މުސާރަ: -/7070 ރުފިޔާ   

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: "އެންމެ ކުއްޖެއްވެސް ބާކީ ނުކުރާނަން"/ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލްތަކުގައި ބީޓެކް ކޯސްތައް ހިންގާގޮތުގެ ތަފާސްހިސާބު ބެލެހެއްޓުން.
  2. ބީޓެކް ކޯސްތައް ސްކޫލްތަކުގައި ހިންގުމަށް ބޭނުންވާ ފަރާތްތަކަށް (ކޯޑިނޭޓަރ، ވެރިފަޔަރ، އެސެސަރ) ބޭނުންވާ ތަމްރީން ފޯރުކޮށްދިނުން.
  3. ސްކޫލްތަކުގައި ބީޓެކް ޕްރޮގްރާމް ކުރިޔަށްގެންދާގޮތް މޮނިޓަރކޮށް، އިވެލުއޭޓްކުރުން. މިީގެ ތެރޭގައި، އަތޮޅުތަކަށް ދަތުރުކޮށް، ސްކޫލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.
  4. ބީޓެކް ކޯސްތަކުގެ އެސައިންމަންޓްތައް ބަލައި ޗެކްކުރުން.
  5. ބީޓެކް ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ނަތީޖާ އެނަލައިޒްކުރުން.
  6. ބީޓެކް ހިންގާ ސްކޫލްތަކުގައި މަސައްކަތްކުރާ ގުޅުންހުރި ފަރާތްތަކާއެކު ގަވައިދުން ބައްދަލުކޮށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:                    

  1. ތަޢުލީމީ ދާއިރާ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ތަޢުލީމީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއު ކުރުން:

ހ. 31 ޑިސެންބަރު 2015 އާއި 31 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައި ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

31 ޑިސެންބަރު 2015 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ.

10 ރަބީޢުލްއައްޥަލް 1437

21 ޑިސެންބަރު 2015