ދިވެހިރާއްޖެ
މާލެއަތޮޅު ކާށިދޫގެ ބައެއް މަގުތަކާއި އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ، ކުނި ނަގާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މާލެއަތޮޅު ކާށިދޫގެ ބައެއް މަގުތަކާއި، އިޖުތިމާއީ ސަރަހައްދުތައް 2އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ، ކުނި ނަގާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި، މިއިދާރާގެ ނަންބަރު: (IUL)330-B/330/2026/19(04މާރިޗް2026)ގެ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތުގައި ޕޮއިންޓް ދޭނެގޮތެއް ބުނެފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މައުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށައެޅުއްވުމަށް ދަންނަވަމެވެ.
|
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
މައުލޫމާތު ދިނުން |
މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާ |
20 އޭޕްރީލް 2026 |
ހޯމަ |
13:00 |
|
ބީލަން ހުށަހެޅުން |
މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާ |
26 އޭޕްރީލް 2026 |
އާދިއްތަ |
13:00 |
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލާނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، 7877133 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.