ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)302-E/302/2015/66
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:26
ސުންގަޑި: 31 ޑިސެންބަރު 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

265687

ސަރވިސް:

ޓެކްނިކަލް ސަރވިސް

މަޤާމުގެ ރޭންކް:

MS1

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލް އިދާރައިގެ ކޯޕަރޭޓް އެފެއާޒް ޔުނިޓް

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

 

އުޖޫރައާއި ޢިނާޔަތްތައް:

 

ރަސްމީ ދަތުރެއް ކޮށްފިނަމަ، ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސްގެ ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠުތައް:

1. ފައިނޭންސް  ދާއިރާއިން  ނުވަތަ  އިކޮނޮމިކު  ދާއިރާއިން  ނުވަތަ  ހިޔުމަން  ރިސޯސް  މެނޭޖްމަންޓް ދާއިރާއިން ނުވަތަ އައި. ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ފައިނޭންސް  ދާއިރާއިން  ނުވަތަ  އިކޮނޮމިކު  ދާއިރާއިން  ނުވަތަ  ހިޔުމަން ރިސޯސް  މެނޭޖްމަންޓް ދާއިރާއިން ނުވަތަ އައި ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަަތަ؛

3. ފައިނޭންސް  ދާއިރާއިން  ނުވަތަ  އިކޮނޮމިކު  ދާއިރާއިން  ނުވަތަ  ހިޔުމަން  ރިސޯސް  މެނޭޖްމަންޓް ދާއިރާއިން ނުވަތަ އައި ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ކޯޕަރޭޓް އެފެއާޒް ޔުނިޓުގެ އެޑްމިން އޮފިސަރުން، ސުޕަވައިޒުކުރުމުގެ އެންމެހައި ކަންކަން ކުރުން.

2- މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އިދާރާއަށް ވަންނަ އަދި ލިބެންޖެހޭ ފައިސާއާއި، އެކިފަރާތްތަކަށް ރަށް ދޫކުރަންޖެހޭ ފައިސާގެ އެންމެހައި ކަންކަން ޒިންމާދާރުކަމާއެކު ހިންގައި ބެލެހެއްޓުން.

3- ރަށު ރައްޔިތުންގެ މާލިއްޔަތާއި، އިދާރާގެ ފައިސާގެ އެކައުންޓްތައް އޮޕަރޭޓްކޮށް، އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

4- ވިޔާފާރި، ހޮޓާ، ކެފޭ، ރެސްޓޯރެންޓްފަދަ ތަންތަނާއި، އިޤްތިޞާދީ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ބެލެހެއްޓުން.

5- ފިޠުރު ޒަކާތާއި، މުދަލު ޒަކާތް ބަލައިގަނެ، އޭގެ ޙައްޤުވެރިންނަށް ބަހައިދިނުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަމާގުޅޭ އެންމެހައި ކަންކަންކުރުން.

6- ފައިސާއާބެހޭ ރިޕޯޓްތައް މަހުންމަހަށް ޤަވާޢިދުން ހަދައި ފޮނުވުން.

7- ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް ލާމަރްކަޒީ ޤާނޫނުގައިވާގޮތުގެމަތިން  އަތޮޅު ކައުންސިލަށް ފޮނުވުން

8- މިނޫންވެސް ވަޒިފާގެ ހައިސިއްޔަތުން ކުރަންޖެހޭ އަދި ހަވާލުކުރެވޭ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ  އިދާރާގައެވެ.  ދުވަހާއި  ގަޑި،  މަސައްކަތު 3 ދުވަހުގެ  ކުރިން،  ވަޒީފާއަށްއެދި  ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޑިސެނބަރު 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކާއެކު މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރު ކައުންސިލްގެ އިދާރާއަށް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.  

3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

5. ވަނަވަރު (ސީ. ވީ)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ގަޑީގައި، 6580069 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580069 އެވެ. މެއިލް ކުރާނީ، [email protected] އަށެވެ.

10 ރަބީޢުލްއައްޥަލް 1437

21 ޑިސެންބަރު 2015