ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)220-AS/1/2026/37
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ސްވެނިއަރސް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ސްވެނިއަރސް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 26 ފެބުރުވަރީ 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/17 އިޢުލާނާ ގުޅިގެން އަންދާސީހިސާބު  ހުށަހަޅުއްވައިފައިނުވާތީ ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 

ތަން

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

23 އެޕްރީލް 2026

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

30 އެޕްރީލް 2026

ބުރާސްފަތި

10:30

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

 

16 އޭޕްރިލް 2026