ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)343-AS/343/2026/14
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 23 އޭޕްރިލް 2026 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ވޭޖް/ ޕޫލް ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު- މަސައްކަތު

އިޢުލާނު

               މިރަށުގެ މިސްކިތްތަކުގައި ސަޕޯތް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަޒީފާއިންވަކިވުން، ޕޭލީވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައކަތަށް ނުނިކުމޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަގާމްތަކުގައި މަސައކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްތަށް އެކުލާލެވޭ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޝަތު ޝައުގުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

މިސްކިތް ވޭޖް/ ޕޫލް ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު- މަސައްކަތު

 

މަޤާމު:

މަސައްކަތު މުވައްޒަފު (ވޭޖް/ޕޫލް)

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެންޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސްޖިދުއްތަޤުވާ / މަސްޖިދުލް ޢީސާރު (އއ. ބޮޑުފޮޅުދޫ ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި)

މުސާރަ:

މަސައްކަތް ކުރާގަޑިއަކަށް -/45ރ ( ސާޅިސްފަސްރުފިޔާ،)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތަށްގޮސް ނަމާދުކުރެވޭގޮތަށް މިސްކިތް ފޮޅާ ސާފުކުރުން.

2-      ސްޕައިވަޒަ އަންގާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި، ފާޚާނާއާއި، އިސްކުރުބަރިތައް ޤަވާއިދުން ޗެކްކުރުމާއެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުން:

3-      ކޮންމެ ދުވަހަކުވެސް މިސްކިތައްގޮސް ބިއްލޫރި ދޮރުތަކާއި، ލައިޓް،ފަންކާ އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން: އަދި ފަންކާތަކާއި، ލައިޓްތައް ދިއްލާ ނިންވުން.

4-      މިސްކިތަށް ލިބިމުންދާ ގެއްލުންތައް ޤަވާއިދުން ސްޕައިޒަރަށް އަންގަމުން ގެންދިއުން.

5-      ސްޕައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން

6-      ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކއެކި ޕްރޮގްރާމާއި މުނާސަބުތައް ހިންގުމަށް ކައުންސިލުން އަންގައިފިހިނދެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ވޭޖް ޕޫލް ގައި ރަޖިސްޓްރީވުމަށް އެދުނު ހުށަހަޅަ  ސިޓީ.
  2. މުއްދަތު ހަމަނުވާ އައ.ޑީ ކާޑު ކޮޕީ:
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660900 އަށެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ.


28 ޝައްވާލު 1447ހ.

16 އޭޕްރީލް  2026މ.

16 އޭޕްރިލް 2026