މަސައްކަތް
ނަންބަރު: (IUL)IS-BS/IS/2025/39
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި:
20 އޭޕްރިލް 2026 00:00
އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިން ފްލޯގައި ލައިބްރަރީ ސެޓަޕްހެދުން
އިޢުލާން ނަންބަރ:(IUL)IS-BS/IS/2026/39
ބީލަމުގެ ދަޢުވަތު
އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިން ފްލޯގައި ލައިބްރަރީ ސެޓަޕް ހެދުމަށް ބޭނުންވެއެވެ.
- އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިން ފްލޯގައި ލައިބްރަރީ ސެޓަޕް ހަދައިދިނުމަށް ޝަތުރުހަމަވާ ހުރިހާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން 2026 އެޕްރީލް 16 ން 2026 އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އީ-މެއިލް [email protected] މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ.
- ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ 2026 އެޕްރީލް 21 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިސްކަންދަރު ސްކޫލް މީޓިންގ ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 އޭޕްރީލް 28 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިސްކަންދަރު ސްކޫލް މީޓިން ރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ޖަދުވަލުތައް އަދި ކުރެހުން މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގަ ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލުމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިސްކަންދަރު ސްކޫލް
ފޯން: 3323244
އީ-މެއިލް: [email protected]
16 އެޕްރީލް 2026
16 އޭޕްރިލް 2026