ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކުރުމަށް ބޭނުންވާ ކޭބަލް މެނޭޖްމަންޓް ސިސްޓަމެއް ހެދުމަށް ބޭނުންވާ ތަކެތި އަދި ކެމެރާ ޕޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން
|
https://forms.office.com/r/Bx2mdhMvuj
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށެވެ. 26 އެޕްރީލް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކޮށް، ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ [email protected] އަށް އީމެއިލް ކުރުމުން، 27 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.
ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
|
|
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|
10 މެއި 2026 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި،
ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |