ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/18
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 22 އޭޕްރިލް 2026 10:30
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިރީގައިވާ ސަރަހައްދުތަކުގެ ރުއްގަސް ކުއްޔަށް ދޫކުރުމާއި ގުޅޭ

މި ރަށު ކައުންސިލް އިދާރާގެ ދެކުނު ފަރާތުގައިވާ ހުސްބިމާއި، ފުޓުބޯޅަ ދަނޑު ވަށައިގެންވާ ސަރަހައްދުގައި ހުރި ރުއްގަސްތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު، 15 އޭޕްރީލް 2026 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އެހެންކަމުން، މި ދެ ސަރަހައްދުގައިވާ ރުއްގަސްތައް 01 މެއި 2026 އިން ފެށިގެން 31 ޑިސެމްބަރު 2029 ގެ ނިޔަލަށް، ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ބޭނުންވެއެވެ. ކުއްޔަށް ހިފާފަރާތަށް ބޭނުންކުރެވޭނީ ރުއްގަހުން ލިބޭ ތަކެތީގެ ތެރެއިން ރުކުން ލިބޭފަން ފިޔަވައި އެހެނިހެން ތަކެއްޗެވެ.

      ވީމާ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ބީލަން ފޯމު ފުރިހަމަކުރައްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި އިއުލާނުގައި ފާހަގަކޮށްފައިވާ ދެ ސަރަހައްދަށް ވަކިވަކިން އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.

      މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 22 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2026