ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-WDC/266/2026/66
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 20 އޭޕްރިލް 2026 12:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބަލުންގެ މަސް ރޭސް 2026

ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ޙާއްޞަ ކުރެވިގެން "ކަނބަލުންގެ މަސް ރޭސް 2026" ގެ ނަމުގައި މަސްރޭހެއް 01 މެއި 2026 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 06 ޓީމް ބައިވެރިވާނަމައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 20 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކުhttps://forms.office.com/r/cjW7FGidTW   މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެއެވެ. ޓީމް ލިސްޓް ބަލައިގަނެވޭނީ މިއިދާރާގެ އީމެއިލް:[email protected]  މެދުވެރިކޮށެވެ.

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527139 އަށެވެ.

16 އޭޕްރިލް 2026