ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓަރ (އެމް. އެސް. 3)
މަޤާމުގެ ނަންބަރު: 188-OD/22/2015/154
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
މަޤާމުގެ ރޭންކް: އެމް. އެސް. 3
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އޮތް އޮފީސް: ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން، ބ. ކަމަދޫ މަދަރުސާ
މަޤާމުގެ ގިންތި: ދާއިމީ
މުސާރަ: 7035.00 ރުފިޔާ
ސަރވިސް އެލަވަންސް: 2250.00 ރުފިޔާ
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި، ރަށުން ބޭރު ފަރާތެއްނަމަ، ހާރޑްޝިޕް އެލަވަންސާއި، ފުޑް އެލަވަންސް ފަދަ، ސިވިލް ސަރވިސްގެ ޤަވައިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި 30 ދުވަސް ލިބޭނެއެވެ. މީގެ އިތުރުން، ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަަންސް އެފަދަ މަސައްކަތް ކުރަންޖެހޭ ދުވަސްތަކަަށް ދުވާލަކަށް -/25 ރުފިޔާ ލިބޭނެއެވެ. |
އެހެނިހެން ޢިނާޔަތްތައް: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުުން ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަޤާމް މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ ޝަރުޠު: |
- ސަރުކާރުގެ ފައިސާއާބެހޭ އާންމު ޤަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުން. - އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެެއް ކުރުން. - ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން. - ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން. - ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން. - ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން. - ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން. - ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރިއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން. - ސްކޫލްގެ އެންމެހައި ޢިމާރާތްތައް މަރާމާތުކުރުވުމާއެކު ބެެލެހެއްޓުން. - ސްކޫލްގެ އެންމެހައި ޢިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން. - ސްކޫލުގެ ޢިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން. - ސްކޫލަށް އެކިފަރާތްތަކުން ފޮނުވާ ފައިސާއާ ގުޅުންހުރި ސިޓީ މެސެޖް ބަލައިގަނެ، އެންޓްރީކޮށް، އިސްވެރިޔާގެ ލަފާގެމަތިން ޖަވާބުދާރީވެ، ފައިލްކޮށް ބެލެހެއްޓުން. - އޮފީހުގެ އެއްވެސް ލިޔެކިޔުމެއް، އިސްވެރިޔާގެ ހުއްދަނެތި ޢާންމުކުރެވިގެން ނުވާނެއެވެ. - މުސާރައާއި އެހެނިހެން ފައިސާ މުވައްޒަފުންނަށް މަހުންމަހަށް ހަވާލުކުރުން. - ސްކޫލުގެ އެންމެހައި މުވައްޒަފުުންގެ ރަޖިސްޓްރީ ޤަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. - މުވައްޒިފުންގެ ވަޒީފާއާ ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން. - ސްކޫލުން ރާވައި ހިންގާ އެންމެހައި ހަރަކާތްތަކުގައި އަމިއްލައަށް އިސްނަގައިގެން ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުން. އެހަރަކާތެއްގައި އިދާރީބައިން ދޭންޖެހޭ އެހީތެރިކަން އިންތިޒާމްކުރުމާއި ފޯރުކޮށްދިނުން. - ސްކޫލް ހިންގުމުގައި އިސްެވެރިޔާއަށް އެހީތެރިވެދިނުން. - ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން. - ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލުގެ ވެރިންނާއެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން. - އެޑްމިން އޮފިސަރ ހާޒިރުނުވާ ދުވަސްތަކުގައި އެ މުވައްޒަފު ކުރަންޖެހޭ ދުވަހު މަސައްކަތްތަކާއި އެހެނިހެން މަސައްކަތް ރާވައި ހިންގުން. - ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިއަކު ރަސްމީކަމެއް ހަވާލުކުރައްވައިފިނަމަ، އެ މަސައްކަތެއް ވީއެންމެ ފުރިހަމައަަށް ކުރުން. - ސްކޫލުގެ ސިއްރު ހިފެހެއްޓުން. އެއްވެސް ޙާލެއްގައި ދަރިވަރަކާ ނުވަތަ މުވައްޒިފަކާ ނުވަަތަ އޮފީހުގެ އެހެނިހެން ކަމަކާ ގުޅޭ ސިއްރެއް ފާޅުކޮށް ހަދައިގެން ނުވާނެއެވެ. - ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތައި، ސިވިލް ސަރވިސްގެ އެންމެހައި ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެއެވެ. - ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުން. |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން. - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. - މަސައްކަތު ހުނަރާއި، ޤާބިލްކަން. - އިންޓަވިއުގައި މާރކްސް ލިބިފައިވާ ބައިތަކާއި މިންވަރު. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެެއް ހޮވުމަށް ބެެލޭނެ ކަންތައް: |
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، ކަމަދޫ މަދަރުސާގައެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. އިންޓަވިއު އޮންނާނީ، 2016 ޖަނަވަރީ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މި މަދަރުސާގައެވެ. |
އިންޓަވިއު ކުރުން |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު/ސިޓީ (އެޕްލިކޭޝަން ފޯމު، ކަމަދޫ މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް އެނގޭފަދަ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ(ގުޅޭނެ ފޯނު ނަންބަރާއެކު) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ. ކަމަދޫ މަދަރުސާއަށެވެ. 2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ކަމަދޫ މަދަރުސާގެ 6600015 ނަންބަރު ފޯނާ ގުޅުން އެދެމެވެ. - މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން، 14ޑިސެންބަރު 2015 ގައި ކުރެވުނު GS133/2015/I/015 ނަންބަރުގެ އިޢުލާން ވަނީ |
ނޯޓް: |
9 ރަބީޢުލްއައްޥަލް 1437