ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/153
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 06 ޖަނަވަރީ 2016 00:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމަންވެލްތު އޮފް ލާރނިންގްއާއި ބުރޫނާއީ ދާރުއްސަލާމް ގަވަރމަންޓުން ދެއްވާ ސްކޮލަރޝިޕް

ކޮމަންވެލްތު އޮފް ލާރނިންގއާއި ބުރޫނާއީ ދާރުއްސަލާމް ގަވަރމަންޓުން ދެއްވާ ސްކޮލަރޝިޕް

ކޮމަންވެލްތު އޮފް ލާރނިންގ (COL) އާއި ބުރޫނާއީ ދާރުއްސަލާމް ސަރުކާރުން ވަނީ ކޮމަންވެލްތުގެ ޤައުމުތަކަށް 1 ނުވަތަ 2 އަހަރުން ފުރިހަމަކުރެވޭ މާސްޓަރސް ޑިގްރީގެ 5 ފުރުޞަތު ހުޅުވާލާފައެވެ. އަދި މި ފުރުޞަތުތަކަކީ ޚާއްޞަގޮތެއްގައި މަތީތަޢުލީމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ބުރުނާއީ ދާރުއްސަލާމުގައި ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި ނުވަތަ އޯގަސްޓް 2016 ގައެވެ. އަދި ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ ތިރީގައި ބަޔާންކުރެވިފައިވާ ޔުނިވަރސިޓީތަކަށެވެ.

  1. Universiti Brunei Darussalam (UBD)
  2. Universiti Islam Sultan Sharif Ali (UNISSA)
  3. Institut Teknologi Brunei (ITB)

މި ޕްރޮގްރާމުގެ ދަށުން ކޯސްފީ، ދެކޮޅުޓިކެޓް، ހުރުމާއި އަދި އެލަވަންސް (ކެއުން، ޕާސަނަލް އެކްސްޕެންސަސް) ހަމަޖައްސައިދެވޭނެއެވެ. ވީމާ، މި ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ޖަނަވަރީ 2016 ގެކުރިން އެޕްލިކޭޝަން ފޯމާއި ފޯމުގައި ބަޔާންކުރެވިފައިވާ ތަކެތި އެޕްލިކޭޝަން ފޯމުގައިވާ ބުރުނާއީގެ އެޑްރެހަށް ފޮނުއްވާ އޭގެ ކޮޕީއެއް [email protected]  މި އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި މި ކޯސްތަކުގެ ޝަރުޠު، އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

  http://www.mofat.gov.bn/Pages/BDScholarship

17 ޑިސެންބަރު 2015