ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/152
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 03 ޖަނަވަރީ 2016 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އޮފީސް އެސިސްޓެންޓް (ވަގުތީ)

މުއްދަތު

3 (ތިނެއް) މަސްދުވަސް

އަދަދު

1 (އެކެއް)

ސެކްޝަން

އެޑްމިން ސެކްޝަން

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/220 ރުފިޔާ (ދުވާލަކު 6 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖުރިބާ

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތް

  1. އެކިއެކި ސްކޮލާރޝިޕްތަކާއި ދަރިވަރުންގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ/ޗެކް ބޭންކްތަކަށް ގެންދިޔުން.
  2. އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި ތަކެތި ރައްދުކުރުމުގެ މަސައްކަތްކުރުން.
  3. އޮފީހުގެ ޚިދުމަތްތަކަށް ހޯދޭ ތަކެތި ގެނައުމުގެ މަސައްކަތްކުރުން.
  4. އެކިއެކި ޖަލްސާތަކަށާއި ފަންކްޝަންތަކަށް ހޯލު ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  5. އޮފީސް ފޮޅައި ސާފުކޮށް ބެލެހެއްޓުމަށް މަސައްކަތްކުރުން.
  6. އެކިއެކި ބައްދަލުވުން/ޖަލްސާތަކަށް ސައި ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  7. އޮފީހުގެ އެކިއެކި ޚިދުމަތްތަކަށް ކުއްޔަށް ހޯދޭ ތަކެތި ގެނައުމާއި، ޚިދުމަތް ނިމުމުން، އެ ތަކެތި އަނބުރާ ފޮނުވުމުގެ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބެލުން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި އިންޓަވިއުކުރުން.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާރކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި،  ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު  އެނގެން އޮންނަންވާނެއެވެ.)

ޅ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

 

ސުންގަޑި

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 3 ވަނަ ދުވަހުގެ 13:30 އެވެ.

އިންޓަވިއު

މިކަމަށްއެދި ހުށަހަޅާ ފަރާތްތަކާ ކުރެވޭ އިންޓަވިއު އޮންނާނީ، 4 ޖަނަވަރީ 2016 އާއި 7 ޖަނަވަރީ 2016 އާ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3341307 ނަންބަރު ފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށެވެ.

11 ރަބީޢުލްއައްޥަލް 1437

22 ޑިސެންބަރު 2015