ދިވެހިރާއްޖެ
`
ކުރިނބީ ސްކޫލް
ހދ. ކުރިނބި، ދިވެހިރާއްޖެ
ނަންބަރު:922/IUL/2026/007
|
އިޢުލާން މި ސުކޫލުގެ ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. |
މި ސްކޫލުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަންކިޔުން 2026 އޭޕްރީލް 22 ވާ ބުދަދުވަހު ހަވިރު 4:30 ގައި މި ސްކޫލް ގޯތިތެރޭގައި އޮންނާނެއެވެ.
މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 އޭޕްރީލް 22 ވާ ބުދަދުވަހުގެ ހަވީރު 4:15 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ބަނޑޭރިޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، ނީލަން ނިމޭތާ 2 ގަޑިއިރުތެރޭ ތަކެތި ގެންގޮސްނިންމަންވާނެއެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް / ހދ.ކުރިނބި
ފޯން:6520532
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
1447 J 28
16 އޭޕްރިލް 2026
ޙުސައިން ނާޡިމް
ޕްރިންސިޕަލް