ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2026/20
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 22 އޭޕްރިލް 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނެގުމުގެ މައްސަލައާއި ގުޅޭ

ނަންބަރު: 258/258/2026/20(IUL)                              

އިޢުލާން

       

ރުއްގަސް ނެގުމުގެ މައްސަލައާއި ގުޅޭ

 ހަނިމާދޫގެ އެކި ސަރަޙައްދުތަކުގައި އިންދާ ހައްދާފައިވާ ރުއްގަސް ޤާނުނު ނަންބަރު 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުށްގަހާބެހޭ ޤާނޫނު) އާއި ޚިލާފަށް މިކައުންސިލާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ލިޔެކިޔުމުން ހޯދުމަކާނުލާ، އެކި ފަރާތްތަކުން ރުށްގަސް ވިއްކުމާއި، ނެގުމާއި، ނައްތާލުމާއި އަދި ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، ޤާނޫނާ ޚިލާފު މިފަދަ ޢަމަލުތައް ނުކުރުމަށާއި އަދި މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް އަންގަމެވެ. އަދި މިކަން ޤާނޫނާ ޚިލާފަށް ކުރަމުންދާ ފަރާތްތަކާމެދު، ޤާނޫނުގައި ވާގޮތުގެ މަތީން ފިޔަވަޅު އެޅުމަށްޓަކައި ޝަރުޢީ ކޯޓަށް މައްސަލަ ހުށަހަޅާނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

                   27 ޝައްވާލް 1447

                   15 އޭޕްރީލް 2026

15 އޭޕްރިލް 2026