ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101/1/2026/29
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 03 އޭޕްރިލް 2026 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިގިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ބޭނުންވާ ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށް ކޮންފިގަރ ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިގިޓަލް ކޮމްޕެނީ ލިމިޓެޑްއަށް ބޭނުންވާ ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށް  ކޮންފިގަރ ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިބީލަންގެ ކަންކަން ކުރިއަށްގެންދާނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޮ ކޯޓޭޝަން (އާރް.އެފް.ކިއު)ގެ އުސޫލުތަކާއި އެއްގޮތަށެވެ. ވިމާ، ބީލަން ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސް އާއި އެއްގޮތަށެވެ.

 ސޮފްޓްވެއަރ ލައިސެންސް ސަޕްލައިކޮށް  ކޮންފިގަރ ކޮށްދިނުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 19 އޭޕްރިލް 2026 ވާ އާދިއްތަ ދުވަހު:00 13 ގައި މިމިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން 3 މެއި 2026 ވާ އާދީއްތަ ދުވަހު 11:00  ގައި މިނިސްޓްރީ (ވެލާނާގެ 11 ވަނަ ފްލޯ)  އަށް ވަޑައިގެންއަގު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7988802 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
  3. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  5. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  6. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
  7. ހުށަހަޅާ ބިޑުގެ ފައިނޭންޝިއަލް ޕްރޮޕޯސަލްގެ ކޮޕީއެއް (ކޮޕީއެއްކަން އެނގޭނެހެން ފާހަގަކޮށްފައި)
  8. އަދި RFQ ، RFQ Annex 1 ގައި ހުށަހަޅަން ބަޔާން ކޮށފައިވާ އެއްމެހާ ލިޔެކިޔުންތައް

މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި/ލިޔުންތަށް ހަމަ ނޫން ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

08 އޭޕްރިލް 2026