ދިވެހިރާއްޖެ
|
އިޢުލާން ހެނބަދޫ ވޮލީ ޓީމްގެ ކޯޗަށް ކެއުން ހަމަޖެއްސުމާއި ގުޅޭ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯނަމެންޓް 2026 ގައި ބައިވެރިވެފައިވާ ހެނބަދޫ ވޮލީ ޓީމްގެ ކޯޗަށް ކެއުން ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް އެކަށީގެންވާ ވަރަށް އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ((IUL)285-MIM/285/2026/29) ބާތިލްކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޭޕްރިލް 2026 ވާ ބުރާސްފަތި (މާދަމާ) ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުޅަހަޅުއްވާއިރު ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. ކޯޗްގެ ކެއުން ހަމަޖައްސާދޭން ޖެހޭ މުއްދަތަކީ 20 އޭޕްރިލް 2026 އިން 14 މެއި 2026 ގެ ނިޔަލަށެވެ. މި މަސައްކަތް އިވެލުއޭޓް ކުރެވޭނީ އަގަށް 100% އަށެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝައްވާލް 1447 |