ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)HAAH/HAAH/2026/13
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 23 އޭޕްރިލް 2026 09:00
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1

ވަޒީފާގެ ފުރުޞަތު

މަޤާމު:

ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1

މަޤާމުގެ ނަންބަރު:

 J-450302 , J-450301

ބޭނުންވާ އަދަދު:

02 (ދޭ)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 1 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. އަތޮޅު ހޮސްޕިޓަލް / ނަރސިން އެޑްމިނިސްޓްރޭޝަން ސަރވިސް ޔުނިޓް

މުސާރަ:

8255.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އަލަވަންސް 2475.00 ރުފިޔާ
  • ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 65.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްހީ ފަރުވާ ދޭ ތަނުގައި ގެންގުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުން..
  2. ފްރޮންޓް އޮފީސް މެނޭޖްމެންޓް ޔުނިޓުގެ ބެލުމުގެ ދަށުން ކިއު ސިސްޓަމް މެނޭޖް ކުރުމަށް އެހީތެރިވެދިނުމާއި ފްލޯރ މެނޭޖް ކުރުމަށް އެހީތެރިވުން.
  3. ހޮސްޕިޓަލުގެ ބޭނުމަށް ގެންނަންޖެހޭ މުދަލާއި ތަކެތި ޞިއްޙީމަރުކަޒަށް ގެނައުން އަދި ނީލަން ކިޔަން ޖެހޭ ތަކެތި ވަކިކޮށް ނީލަން ކިޔުމަށް ގެންދަންޖެހޭ ތަންތަނަށް ގެންދިއުން.
  4. ހޮސްޕިޓަލުންދޭ ޙިދުމަތްތަކަށް އަންނަ ބަދަލު (ހިދުމަތްދޭ ތަން ބަދަލުވުން، ހިދުމަތް ފުޅާވުން، އައު ހިދުމަތެއް ފެށުން ފަދަ) ތަކާއި ގުޅިގެން އެއްތަނުން އަނެއް ތަނަށް ގެންދަންޖެހޭ ތަކެތި އުފުލުން.
  5. ހޮސްޕިޓަލުގައި ބާއްވާ ހަފްލާތަކަށް ތަން ތައްޔާރުކުރުން. (ގޮނޑިޖެހުން، މޭޒު ޖެހުން، ބެނާހަރުކުރުން ފަދަ)
  6. މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބަހައްޓާފައިވާތަން ރަނގަޅަށް ބެލެހެއްޓުން، އަދި މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހަލާކުވާނަމަ، ނުވަތަ އިތުރު އާލާތެއް ބޭނުންވާނަމަ، އެކަން ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  7. ބަލިމީހުން ބޭނުންކޮށްފައިވާ ތަކެތި ތަނުގައި ހެދިފައިވާ ގައިޑް ލައިނާއި އެއްގޮތަށް ގެންގުޅުމާއި، ބަލިމީހުން ބޭނުންކޮށްފައިވާ ޖަރާސީމު އެކުލެވޭ ތަކެއްޗާއި އެހެނިހެން ކުނި ވަކިކޮށް ރައްކާތެރިކަމާއި އެކު ނައްތާލުމަށް ގެންދިޔުން.
  8. ބަލިމީހާ އުފުލުމުގައި އެމްބިއުލަންސް ޑްރައިވަރާއި އެކު މަސައްކަތް ކުރުން.
  9. ހޮސްޕިޓަލުގައި ގެންގުޅޭ ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  10. ދޮވެނިމި މެޝިނުން ތަކެތި ނަގާއިރު ރަނގަޅަށް ދޮވެވިފައި ހުރިތޯ ޗެކްކުރުން. ރަބަރ ޝީޓްތަށް ޓޭންކަށް އަޅައިގެން ދޮވުމަށް ފަހު ތަނެއްގައި އަޅައިގެން ހިއްކުން. އަދި ދޮވެނިމޭތަކެތި ލަސްނުކޮށް ދޮންނަސަރަހައްދުން ނެރުން. އަދި ދޮވެފައިވާ ތަކެތި ހިއްކަމުން ދާއިރު ލަށް ނުފިލާހުންނަތަކެތި ފާހަގަކޮށް އެތަކެތި ނެގުން.
  11. އެއްވެސް މެޝިނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ސްޕަރވައިޒަރަށް އެކަން ވީހާއަވަހަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  12. ދޮންނަށް ބޭނުންވާ ތަކެތި އަބަދުވެސް ހުސްނުކޮށް ބެހެއްޓުމަށްޓަކައި ސްޕަވައިޒަރގެ އެހީތެރިކަމާއި އެކު ހޯދާ ބެހެއްޓުމަށް މަސައްކަތްކުރުމާއި ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން އެތަކެތި ހަމައަށް ހުރިތޯ ޗެކްކުރުން.
  13. ހޮސްޕިޓާލުގައި ކުރެވޭ މަރާމާތުގެ މަސައްކަތް ތަކުގައި މެއިންޓެނަންސް ޓީމައް އެހީތެރިވުމާއި އެއްބާރުލުން ދިނުން.
  14. ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  15. ދޮވެއިސްތިރިކޮށްނިމޭ ތަކެތި ފަތްޖަހާ ބޭނުންކުރެވޭވަރަށް ތައްޔާރުކުރުމާއި ހަލާކުވެފައިވާ ބޭޑްޝީޓް ބާލީހުއުރަ ވަކިކޮށް ހަވާލުކުރަންޖެހޭ ސެކްޝަންތަކަށް ހަވާލުކުރުން.
  16. ބަލިމީހުންނަށް ނާރސިންކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުން
  17. ހޮސްޕިޓަލުގައި އުފެދޭ ކުނި އިންސިނަނޭޓް ކުރުމާއި އުޞޫލާއި އެއްގޮތަށް ނައްތާލުމަށް ކުރަންޖެހެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން.

ނުވަތަ

މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.
  2. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ތައުލީމީ ރޮނގުތައް

-

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60% (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 09:00 ކުރިން، ހއ.އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އޮންނާނީ، 26 އޭޕްރީލް 2026 އާއި 21 މޭ 2026 އާއި ދެމެދު، ހއ.އަތޮޅު ހޮސްޕިޓަލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން  ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500093 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 އޭޕްރިލް 2026