ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/5 (01 މާރިޗު 2026) އިޢުލާނުން މި ކޯޓަށް ބޭނުންވާ އައި.ޓީ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މިނިމަމް ރިކުއަޔަރމަންޓަށް ނުފެތޭތީ އެ އިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 އޭޕްރީލް 2026 ވާ ހޯމަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 27 އޭޕްރީލް 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.